ފިނި މޫސުމުގައި މެލޭޝިއާ އެއަރލައިންސް އިން ރާއްޖެ އަށް ކުރާ ދަތުރުތައް އިތުރު ކުރަނީ

2 އޯގަސްޓް 2025 - 14:28

ޔޫރަޕް ގެ ފިނި މޫސުމުގައި މެލޭޝިއާ އެއަރލައިންސް އިން ދިވެހިރާއްޖެ އަށް ކުރާ ދަތުރުތައް އިތުރު ކުރަން ނިންމައިފި އެވެ.

މެލޭޝިއާ އެއަރލައިންސް އިން ބުނެފައިވަނީ ޔޫރަޕްގެ ފިނި މޫސުމަށް އަމާޒު ކޮށް އޮކްޓޯބަރު މަހުގެ ފަހުކޮޅުން ފެށިގެން ދަތުރުތައް އިތުރު ކުރާނެ ކަމަށެވެ.

މިގޮތުން ކުއަލަލަމްޕޫރު - މާލެ ރޫޓުގައި 26 އޮކްޓޯބަރު 2025 އިން ފެށިގެން ހަފްތާއަކު 7 ދަތުރުގެ ބަދަލުގައި 11 ދަތުރު ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މި ރޫޓުގައި ބޭނުން ކުރާނީ ބޯއިންގ 737 މެކްސް 8 މަތިންދާބޯޓު ފަހަރެވެ.

ކޮންމެ އަހަރަކު ވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ޕީކް ސީޒަން އަށް ވެގެން ދަނީ އުތުރުގެ ފިނި މޫސުމަށެވެ.