ޖަޕާނުން ފްރާންސް ބަލިކޮށް ޕޭސްޓްރީ ވޯލްޑް ކަޕް ކާމިޔާބުކޮށްފި

2 އޯގަސްޓް 2025 - 14:16

މިއަހަރުގެ ޕޭސްޓްރީ ވޯލްޑް ކަޕް ބާއްވައިފިއެވެ.

ކޮންމެ ދެ އަހަރަކުން އެއްފަހަރު ބޭއްވޭ މި މުބާރާތުގައި މިޞްރު، މޮރިޝަސް އަދި ދެކުނު ކޮރެއާ ފަދަ ދުނިޔޭގެ އެކި ސަރަހައްދުތަކުގެ ޤައުމުތަކުން ބައިވެރިވެފައިވެއެވެ. މިއީ ހަޔާތުގައި އެއް ފަހަރު ތައްޔާރުކޮށްލާ އެންމެ މީރު ފޮނިކާއެއްޗެހީގެ ވާދަވެރިކަން ދައްކާލާ ހުނަރުވެރިންގެ މުބާރާތެކެވެ.

މި އަހަރުގެ މުބާރާތް ބޭއްވުނީ ޖަނަވަރީ 20 އަދި 21 ވަނަ ދުވަހުއެވެ.

ކޮންމެ ޓީމެއްގައި ވެސް ތިން މެންބަރުން ތިބެއެވެ. އެއީ ޗޮކްލެޓް، އައިސް އަދި ހަކުރުގެ ތަފާތު ދާއިރާތަކުގެ ތަޖުރިބާކާރުންނެވެ.

މި ތިން މީހުންގެ ޓީމުތަކަށް ޙަވާލުކުރެވުނީ އެމީހުންގެ ޤައުމު ތަމްސީލުކުރާ ތިން ބާވަތެއްގެ ފޮނިކާއެއްޗެއް ތައްޔާރުކުރުމެވެ. އެއީ ގަނޑުކުރި ފޮނިކާއެއްޗަކާއި، ރެސްޓޯރަންޓް ފޮނިކާއެއްޗަކާއި އަދި ޗޮކްލެޓުން ހަދާ ޝޯޕީސްއެކެވެ.

އަދި މި ހުރިހާ ކަމެއް ކުރުމަށް އެމީހުންނަށް ލިބެނީ އެންމެ ފަސް ގަޑިއިރެވެ.

ޓީމުތަކުން މަސައްކަތް ކުރަމުން ދިޔައިރު އެމީހުން ބޭނުން ކުރި ތަށިތައް ހުރީ ގައުމު ތަމްސީލު ކުރާ ސިފަތައް ގެނެސްފައެވެ. އޭގެ އިތުރުން، ވާދަވެރިން ލައިގެން ތިބީ ވެސް އެމީހުންގެ ގައުމު ތަމްސީލު ކުރާ ހެނދުންތަކެވެ.

2025 ވަނަ އަހަރުގެ މުބާރާތް ބޭއްވުނީ ލިޔޯންގައި ކަމުގައި ވީނަމަވެސް، ފްރާންސްގެ ޓީމަށް ރަން މެޑެއް ނުލިބި، ލިބުނީ ރިހި މެޑެއްޔެވެ. 
ލޯ މެޑެލް ލިބުނީ މެލޭޝިއާއަށެވެ.

ޕޭސްޓްރީ ވޯލްޑް ކަޕްގެ ކާމިޔާބު ކޮށްފައިވާ ގައުމުތައް: 

  1. ޖަޕާނު
  2. ފްރާންސް
  3. މެލޭޝިއާ
  4. ޗައިނާ
  5. ބެލްޖިއަމް
  6. އިޓަލީ
  7. ދެކުނު ކޮރެއާ
  8. ސިންގަޕޫރު
  9. ޔުނައިޓެޑް ކިންގްޑަމް
  10. އާޖެންޓީނާ