ނ.ކެނދިކުޅުދޫ، ކުޅުދޫ އަވަށުން ދިގުމުއްދަތައް ދަނޑުބިން ދޫކުރުމާ ގުޅޭ

27 ޖުލައި 2025 - 12:22

ނ. ކެނދިކުޅުދޫ، ކުޅުދޫ އަވަށުން ދަނޑުވެރިކަން ކުރުމަށް 35 އަހަރަށް ބިންދޫކުރުމަށް ހުޅުވާލަމެވެ.

ބިން އޮތް ސަރަހައްދާއި ބޮޑުމިން 

 ދޫކުރުމަށް ހަމަޖެހިފައިވަނީ ކުޅުދޫ އަވަށުން ދިގުމުއްދަތައް ދޫކޮށްފައިވާ ދަނޑުބިން (ނަންބަރު: AGR-01-01) ގެ އުތުރުން 3000 އަކަފޫޓުގެ 7 ބިމާއި 5000 އަކަފޫޓުގެ 2 ބިމެވެ. ސަރަހައްދު އަންގައިދޭ ޗާޓު މިއިޢުލާނާއެކު ގެޒެޓްކުރެވިފައިވާނެއެވެ.

މި މަސައްކަތަށް ކުރިމަތިލެވޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 19/2014) ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު(ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކާއި، ޖަމްޢިއްޔާތަކުގެ ޤާނޫނު (ޤާނޫނު ނަންބަރު 3/2022) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑުގައި ރަޖިސްޓްރީވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ބީލަން ހުށަހެޅުމަށް ކަނޑައެޅިފައިވާ ތާރީޙުގައި މިކައުންސިލަށް ވަޑައިގެން ބީލަން ހުށަހެޅުމަށް ދަންނަވަމެވެ. ބީލަމުގައި ރަޖިސްޓްރީ ނުވާ ފަރާތްތަކާއި ގަޑިޖެހިގެން ބީލަން ހުށަހެޅުމަށް އަންނަ ފަރާތްތަކަށް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. މިބިޑާއި ގުޅިގެން ބާއްވާ މަޢުލޫމާތު ސެޝަން 4 އޮގަސްޓް 2025 ވާ ހޯމަ ދުވަހު ކެނދިކުޅުދޫ ކައުންސިލް ޖަލްސާކުރާ މާލަން (ކެނދި މާލަން) ގައި އޮންނާނެއެވެ. މިސެޝަންގައި ބައިވެރިވުމުގެ އިޚްތިޔާރު ރަޖިސްޓްރީވާ ބީލަންވެރިންނަށް ލިބިގެންވެއެވެ.

ދަނޑުވެރިކަމަށް ދޫކުރުމަށް  ހަމަޖެހިފައިވާ ބިންތަކުގައި ކުރެވޭނެ މަސައްކަތްތަކާއި، ބީލަމުގައި ބައިވެރިވުމަށް ހުށައަޅަންޖެހޭ ތަކެއްޗާއި އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ މަޢުލޫމާތު ކަރުދާހާއި، ރަޖިސްޓްރޭޝަން ލިންކް، ބީލަން ހުށައަޅާ ފޯމް މިއިޢުލާނާއެކު ގެޒެޓްކުރެވިފައިވާނެއެވެ.

ސުންގަޑިތައް:

ބިޑު ރަޖިސްޓްރޭޝަން:
02 އޮގަސްޓް 2025، 23:59
ލިންކް:  https://forms.office.com/r/azVgeUPXr1

މަޢުލޫމާތު ސެޝަން:
04 އޮގަސްޓް  2025، 13:15
ކެނދިކުޅުދޫ ކައުންސިލް މީޓިންގ ރޫމް

ބީލަން ހުޅުވުން:
07 އޮގަސްޓް 2025، 13:30
ކެނދިކުޅުދޫ ކައުންސިލް މީޓިންގ ރޫމް
 

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

29 މުޙައްރަމް 1447
24 ޖުލައި  2025