ދިރިއުޅުމަށްޓަކައި އދ. މާމިގިލިން ގޯތި ދޫކުރުމާއިބެހޭ

27 ޖުލައި 2025 - 12:02

ދިރި އުޅުމަށްޓަކައި މިރަށުން ބަންޑާރަގޯތި ދޫކުރުމަށް މި ކައުންސިލުން ކުރި ނަންބަރު : (IUL)356/356/2025/64 ( 23 ޖުލައި 2025 ) އިޢުލާނާ ގުޅިގެން ދަންނަވަމެވެ.   

އިތުރު ތަފްޞީލް       

ރަށުގައި ދިރިއުޅޭ ކަމުގެ ލިޔުން މިކައުންސިލުން ނަގާނަމަ ލިޔުން ނެގުމަށް 2025 ސެޕްޓެމްބަރ 03 ވަނަ ދުވަހުގެ އޮފީސް ބަންދުކުރުމުގެ ކުރިން މި ކައުންސިލަށް ހުށަހަޅަން ވާނެއެވެ. މި ތާރީޚްގެ ފަހުން ހުށަހެޅިނަމަވެސް މި ކަމާގުޅޭ ލިޔުން މި ކައުންސިލުން ދޫކުރާގޮތަށް ހަމަޖެހިފައެއް ނުވެއެވެ.
"ގޯއްޗަށް އެދޭ މީހުންނަށް ޕޮއިންޓް ދޭނެ ގޮތުގެ މިންގަނޑު 2025" ގެ ހުރިހާ ބައިތަކަށް ޕޮއިންޓް ދިނުމުގައި ޙާލަތާއި މުއްދަތު ބަލާނީ ގޯތި ދޫކުރުމަށް އިޢުލާންކުރި ތާރީޚާ ހަމައަށެވެ. 
މިހެންވެމިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. 

 
26 ޖުލައި 2025